ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރާއްޖޭގެ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.
ރާއްޖޭގެ ރައްޔިތުންނަށް ގައުމީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދަންނަވައި ރައީސް ސޯލިހު މިއަދު ވަނީ ޓުވީޓެއް ކުރައްވައިފައެވެ. މި ޓުވީޓުގައި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ރައީސް ސޯލިހު ވަނީ ޅެން ބައިތެއް ހިއްސާ ކުރައްވައިފައެވެ.
މިއަދު ހެނދުނު ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ހާއްސަ އިހުތިފާލުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާފައި ވެއެވެ. އަދި މިއަދުގެ މުނާސަބާގައި މިއަދު 10 ޖަހާއިރު ރައީސް ސޯލިހު ގައުމާ މުހާތަބު ކުރެއްވުމަށް ވަނީ ހަމަޖައްސަވައިފައެވެ.
ގައުމީ ދުވަސް ދިވެހިން ފާހަގަކުރަނީ އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު