ބޮޑީގާޑް ކޮވިޑަށް ޕޮޒިޓިވް ވުމުން ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓާ ކަރަންޓީނަށް ވަޑައިގެންފިއެވެ.
ރައީސް ފްރޭންކް ވޯލްޓާ ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށް ރިޔާސީ އޮފީހުގެ އޮފިޝަލަކު ވަނީ މައުލޫމާތު ދެއްވައިފައެވެ.
ޖަރުމަނުގެ މީޑިއާއާ ހަވާލާދީ ރައީސްގެ ތަރުޖަމާނު ވަނީ އެމަނިކުފާނު ކަރަންޓީނަށް ވަޑައިގެންނެވި ނަމަވެސް އަދި މިހާތަނަށް ރައީސްގެ ހަށިކޮޅުން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ މާޗް މަހު ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލްވެސް ވަނީ ކޮވިޑް ކޮންޓެކްޓް ވެ ދެ ހަފްތާގެ ކަރަންޓީނެއް ފުރިހަމަ ކުރައްވައިފައެވެ. ނަމަވެސް ޗާންސެލާގެ ޓެސްޓުތައް ވަނީ ނެގެޓިވް ވެފައެވެ.
ޖަރުމަނުންވަނީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 7334 ކޮވިޑް ކޭސް ފެނިފައެވެ. ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮވިޑް އެންމެ ގިނައިން ފެތުރެމުންދަނީ ޖަރުމަނުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ