ފާއިތުވި 32 އަހަރުތެރޭ 27 ވަނަ ފަހަރު ރާއްޖެ އައި ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ އެ ފަތުރުވެރިޔާ އަކީ ޖަރުމަނަށް ނިސްބަތްވާ އެންޑީ ނަމަކަށް ކިޔާ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ. އޭނާ މިއަދު ރާއްޖެ އައިސްފައިވަނީ 27 ވަނަ ފަހަރަށް ކަމަަށާއި އޭނާ އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ 1988 ވަނަ އަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެންޑީއަކީ އޭނާއަަށް ލިބޭ ކޮންމެ ބަންދެއްގައި ރާއްޖެ އަންނަ ފަތުރުވެރިއެއް ކަމަށާއި ރާއްޖެ އަންނަ ކޮންމެ ފަހަރަކު އޭނާ ރާއްޖޭގައި މަހެއް ނުވަތަ އެއަށްވުރެ ގިނަ ދުވަހު ޗުއްޓީ ހޭދަކުރާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ރާއްޖެއަކީ އެންޑީގެ ދެވަނަ ވަޒަން ކަމަށާއި އޭނާއަށް އުފާވެރި ޗުއްޓީއަކަށް އެދޭ ކަމަށެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ތިން މަހެއްހާ ދުވަސްވަންދެން ބަންދުކޮށްފައި ބޭއްވުމަށް ފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ރާއްޖެއަށް ފަތުރުވެރިން ގެންނަން ފަށާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އިއްޔެ ވަނީ ރާއްޖޭގެ ރަށްތަކުގައި ހުރި ގެސްޓްހައުސްތައް ވެސް ހުޅުވާލައިފައެވެ. ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް މިހާތަނަށް 26،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު