ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫ ނުރައްކާތެރި ކޮވިޑް 19 ވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ.
ދާދި ފަހުން ކޮވިޑަށް ޕޮޒިޓިވް ވުމުގެ ކުރިން ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ކުމާރު ސާނޫ ވަނީ ނުވަ ދުވަހު އާއިލާއާ ދުރުގައި ހުރެގެން މަސައްކަތް ކުރުމަށްފަހު، އޭނާ އަންނަނީ އާއިލާ ގާތަށް ލޮސް އެންޖަލްސް އަށް ދިއުމަށް ތައްޔާރުވަމުން ކަމަށް ބުނެފައެވެ.
އެހެންނަމަވެސް އޭނާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ވަނީ ލޮސް އެންޖަލްސްއަށް ދިއުން ލަސްކޮށްފައެވެ. ބީއެމްސީ އިން މިހާރު ވަނީ ކުމާރު ސާނޫ ދިރިއުޅެމުން އަންނަ އިމާރާތް ޑިސްއިންފެކްޓް ކުރުމަށްޓަކައި ބަންދުކޮށްފައެވެ.
ލޮސް އެންޖަލްސްގައި ހުރި ކުމާރު ސާނޫގެ އަންހެނުން ސަލޯނީ ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއްގައި ބުނީ ފިރިމީހާގެ ހާލު ރަނގަޅުވެ ބަލިން ރަނގަޅުވެއްޖެ ނަމަ އޭނާ ނޮވެމްބަރުގައި އާއިލާ ގާތަށް ދާނެ ކަމަށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން