ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ޖަރުމަނުން ރެކޯޑް މިންވަރަކަށް ކޮވިޑް ކޭސް ފެނިފައިވާ ކަމަށް އެގައުމުގެ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފިއެެވެ.
ޖަރުމަނުން ވަނީ ވޭތުވެދިޔަ 24 ގަޑި އިރުތެރޭ 6638 ކޮވިޑް ކޭސް ފެނިފައެވެ. އެގައުމުން 33 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާއިރު މިހާތަނަށް ޖުމުލަ 9716 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.
މީގެ ކުރިން މާޗް މަހުގައިވެސް އެގައުމުން ވަނީ 6294 ކޮވިޑް ކޭސް އެއް ދުވަސްތެރޭ ފެނިފައެވެ.
ޔޫރަޕްގެ އެހެން ގައުމުތަކާ އަޅައި ބަލާއިރު ޖަރުމަނުގައި ވަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވެ ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ބޮޑުތަނުން މަދުވެފައެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް އެގައުމުގައި ކޮވިޑް ޖެހޭމީހުންގެ ނިސްބަތް ވޭތުވެދިޔަ ހަފްތައިން ފެށިގެން ދަނީ އިތުރުވަމުންނެވެ.
ކޮވިޑް ކޭސްތައް އިތުރުވުމާއެކު ޖަރުމަނުން ވަނީ އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް ރައްޔިތުން އެފިޔަވަޅުތަކަށް ބޯލަނބަން ނަސޭހަތްތެރި ވެފައެވެ.
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް