ކޮވިޑްގެ ދެވަނަ ރާޅުގެ ނުރައްކާ ބޮޑުވެ ފްރާންސުގެ ނުވަ ސިޓީއެއްގައި ކާފިއު އިއުލާންކޮށްފިއެވެ.
ފްރާންސުގެ ގައުމީ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން އެގައުމުގެ ރައީސް އެމަނުއެލް މެކަރޮން ވަނީ މައިސިޓީ ޕެރިސް ހިމެނޭހެން އެގައުމުގެ ނުވަ ސިޓީއެއްގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރޭގަނޑު 21:00 އިން ފެށިގެން ހެނދުނު 06:00 އަށް ކާފިއު އިއުލާން ކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ.
އެގައުމުގައި ވަނީ ދެވަނަ ރާޅާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާއިރު ގިނަ ގައުމުތަކަކުން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.
ޖަރުމަނުންވެސް ވަނީ އެގައުމުގެ ބާތަކާއި ރެސްޓޯރަންޓްތަކުގެ އިތުރުން ބަލިފެތުރިދާނެ ކަމުގެ ނުރައްކާ ބޮޑު ތަންތަން ބަންދުކުރުމަށް ނިންމައިފައެވެ. ޖަރުމަނުން އިއްޔެ އެކަނި ވެސް 5000 އަށްވުރެ ގިނަ ކޮވިޑް ކޭސް ފަނީ ފެނިފައެވެ.
ނެދަލެންޑުންވެސް ވަނީ އެގައުމުގެ ބޮޑު ސަރަހައްދެއް ބަންދު ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ