ދައުލަތުގެ ބަޖެޓުގައި ނެތް ކަންތައްތަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހަރަދު ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު އަދި މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ތުހުމަތު ކުރައްވައިފިއެވެ.
މެންބަރު އަފީފު އެކަމަށް ތުހުމަތު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭގެ ރަށްރަށުގެ ކަރަންޓުގެ ހިދުމަތް އިއާދަ ކުރަނަވި ހަކަތައަށް ބަދަލުކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަ ދައްކަވަމުންނެވެ.
އަފީފު ވިދާޅުވީ ބަޖެޓުގައި ނެތް ކަންތައްތަކަށް މިނިސްޓަރު ހަރަދު ކުރައްވަނީ، ގާތް މެންބަރަކު ވިދާޅުވެގެން ކަމަށެވެ.
ބަޖެޓުގައި ކަނޑައެޅިފައި ނުވާ ކަމަކަށް ހަރަދު ކުރުމަށް ފިނޭންސް މިނިސްޓަރަށް ހުއްދަ ދީފައިވަނީ ކޮން ގާނޫނަކުންތޯ ވެސް އަފީފު ވަނީ ސުވާލު ކުރައްވައިފައެވެ.
"ފިނޭންސް މިނިސްޓަރަށް ކޮން ގާނޫނަކުންތޯ ހުއްދަ ދީފަ އޮތީ ބަޖެޓުގައި ކަނޑަ ނޭޅޭ ކަމަކަށް ހަރަދުކުރަން، ކޮންޓިންޖެންސީ ކޮމްޕޯނަންޓެއް ކޮންމެ ބަޖެޓެއްގައިވެސް އޮވޭ، އެހެންނަމަވެސް އެއިއްޔަކީ މިބުނާގޮތަށް ހަރަދުކުރަން ދީފައި އޮންނަ ކޮމްޕޯނަންޓެއް ނޫން، އެއީ ބަޖެޓްގައި ކަނޑައަޅާފައި އޮންނަ ކަންތައްތަކަށް ހަރަދު ކުރާއިރުގައި މަދުވާ ފައިސާ ބޭނުންވެއްޖެ ހިނދެއްގައި، ނުވަތަ އިމަޖެންސީ ކަމެއްގައި އެކަންކުރަން،" ކަމަށް އަފީފު ވިދާޅުވިއެވެ.
އަފީފު ވިދާޅުވީ، ރާއްޖޭގެ ގޮނޑުދޮށްތައް ގިރަމުންދާއިރު ރަށްރަށުގައި، އެކަމަށް މަސައްކަތް ނުކޮށް ރަށްރަށުގެ މަގުގައި ތާރުއަޅަން ބަޖެޓުގައި ނެތީސް ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ.
އެއީ ބަލަން ޖެހޭ ކަމެއް ކަމަށްވެސް އަފީފު ވިދާޅުވިއެވެ.
މެންބަރު ހަސަން އަފީފު
މެންބަރު ހަސަން އަފީފު
މެންބަރު ހަސަން އަފީފު
މެންބަރު ހަސަން އަފީފު