އިންޑިއާގެ ބައެއް ސްކޫލްތައް މާދަމާއިން ފެށިގެން ހުޅުވަން ނިންމައިފިއެވެ.
ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ފަސްވަނަ މަރުހަލާއަށް މާދަމާ އަމަލުކުރުމަށް ހަމަޖެހިފައިވާއިރު އިންޑިއާ ސަރުކާރުން ވަނީ އެގައުމުގައި ކޮވިޑް އެންމެ ބޮޑަށް ފެތުރެމުންދާ ސަރަހައްދު ނޫން ހުރިހާ ސަރަހައްދެއްގައި ސްކޫލްތައް ހުޅުވުމަށް ނިންމައިފައެވެ.
އިންޑިއާގައި ކޮވިޑް އެންމެ ބާރަށް ފެތުރެމުންދާ އެއް ސިޓީ ކަމަށްވާ އުއްތަރް ޕްރަދޭޝް ގެ ކްލާސް 9 އިން 12 ގެ ދަރިވަރުންނަށް މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ކިޔެވުން ފެށުމަށް ނިންމާވައިވާކަމަށް އެސިޓީގެ ތައުލީމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޕަންޖާބާއި ދިއްލީ އިން ވެސް މިމަސް ތެރޭ ސްކޫލްތައް ހުޅުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިންޑިއާގައި ކޮވިޑް ފެތުރުން ކޮންޓްރޯލު ނުވެ އޮތް އިރު، އެގައުމުން މިދިޔަ 24 ގަޑިއިރުތެރޭ 55342 ކޮވިޑް ކޭސް ފެނިފައި ވެއެވެ. މިހާތަނަށް އެގައުމުން 7.24 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ.
ކޮވިޑް ފެތުރުން އިތުރު ވެ އިންޑިއާގެ އިގްތިސޯދު ނާޒުކު ވެފައި ވާއިރު އެގައުމުގެ ސަރުކާރުން އަންނަނީ އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް ގައުމު ހަމަ މަގަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ