ޕޯޗުގަލް އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕޯޗުގަލްގެ ފުޓުބޯޅަ ފެޑެރޭޝަނުން އެކަން އިއުލާން ކޮށްފައިވާއިރު، އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޮނާލްޑޯ ހުރީ އެކަހެރިވެގެން ކަމަށެވެ. އަދި ރޮނާލްޑޯގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި ރޮނާލްޑޯގެ ހާލު ރަނގަޅު ކަމަށް ވެސް ޕޯޗުގަލް ފުޓުބޯޅަ އިދާރާ އިން ބުނެފައިވެ އެވެ.

އިންޓަނޭޝަނަލް ބްރޭކުގެ ފަހު މެޗުގައި ޕޯޗުގަލް އިން މިރޭ ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. ރޮނާލްޑޯއަށް ކޮވިޑް ޖެހިފައިވަނީ ގައުމީ ޓީމާއެކުގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމުގައިވީ ނަމަވެސް، ޕޯޗުގަލް ސްކޮޑުގެ އެހެން ހުރިހާ ކުޅުންތެރިން ވަނީ ކޮވިޑަށް ނެގެޓިވް ވެފަ އެވެ.

ކޮވިޑަށް ޕޮސިޓިވް ވުމާއެކު ރޮނާލްޑޯއަށް ޔުވެންޓަސްގެ ބައެއް މެޗުތައް ވެސް ގެއްލޭނެ އެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ވެސް ރޮނާލްޑޯއަށް ނުކުޅޭނެ އެވެ.

މިރޭގެ މެޗުގެ އިތުރުން ގައުމީ ޓީމަށް ކުޅޭ މެޗުތައް މިހާރު ރޮނާލްޑޯއަށް ވަކިން ހާއްސަ އެވެ. މިހާތަނަށް ގައުމީ ޓީމަށް 101 ގޯލް ޖަހައިދީފައިވާ ރޮނާލްޑޯގެ އުންމީދަކީ އިރާނަށް ކުޅުނު އަލީ ދާއީގެ ރެކޯޑު މުގުރާލުމެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު އަލީ ދާއީ އަތުގައި އޮތީ 109 ގޯލް ޖަހައިގެންނެވެ.

ޔުވެންޓަސްއާއެކު މިދިޔަ އަހަރުގެ އިޓަލީ ލީގު އުމުރުން 35 އަހަރުގެ ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރަށް ހޯދައިފަ އެވެ.