ހުޅުމާލޭ ހޮސްޕިޓަލާއެކު ތ. ވިލުފުށީ ހެލްތު ސެންޓަރުން އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ފަށައިފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ވިލުފުށީ ހެލްތު ސެންޓަރުން އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ފެށުމުން މާލެ ނައިސް ރަށުގައި ތިބެގެން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ވިލުފުއްޓަކީ ހުޅުމާލޭ ހޮސްޕިޓަލުން އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ދޭން ފެށި ހަތަރު ވަނަ ރަށެވެ. މީގެ ކުރިން އެ ހޮސްޕިޓަލުން ވަނީ ފުވައްމުލަކު ހޮސްޕިޓަލާއި މ. މުލަކު ހެލްތު ސެންޓަރާއި ފ. ނިލަންދޫ ހޮސްޕިޓަލުގައި އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ތައާރަފުކޮށްފަ އެވެ.

އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ދެނީ ޒޫމް މެދުވެރިކޮށެވެ.