ބ. ތުޅާދޫ އާއި ތ. ވިލުފުށިން ދޫކުރާ ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު މިރޭ ހަމަވާނެއެވެ.
ހައުސިން މިނިސްޓްރީން ތުޅާދޫ އަދި ވިލުފުށިން ވެސް އިއުލާންކޮށްފައިވަނީ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތެވެ.
ހައުސިން މިނިސްޓްރީން މި މަހުގެ 11 ވަނަ ދުވަހު ކުރި އިއުލާނަކުން ވަނީ ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ހައުސިން ޔުނިޓަށް އެދި "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދުގެ 23:50ގެ ނިޔަލަށް އިތުރު ކޮށްފައެވެ.
އޭގެ އިތުރުން ވިލުފުށިން ދޫކުރާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ވެސް މިއަދުގެ 23:50ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީގެ އިއުލާންގައިވެއެވެ.
މިނިސްޓްރީން މީގެ ކުރިން ވަނީ ތުޅާދޫ އަދި ވިލުފުށިން ހައުސިން ޔުނިޓު ދޫކުރާ އުސޫލު ވެސް އާންމުކޮށްފައެވެ.
ފާތިމަތު ލިއުޝާ
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ