ހައުސިން މިނިސްޓްރީން ތ. ވިލުފުށިން ދޫކުރާ 100 ހައުސިން ޔުނިޓަށް އެދި ހުށަހެޅި ފޯމުތަކުގެ ވެރިފިކޭޝަން ނިމި، ލިބިފައިވާ ޕޮއިންޓު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ބެލޭނެ ގޮތް ހަމަޖައްސައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ވިލުފުށީގައި އިމާރާތްކޮށްފައިވާ މި ހައުސިން ޔުނިޓުތަކަށް ކުރިމަތިލި ފަރާތްތަކުގެ ފޯމުތައް ވެރިފައިކޮށް ނިންމާފައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އުސޫލު ނަންބަރު ޖީ-34/2025 އާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން، ފޯމު ހުށަހެޅި ފަރާތްތަކުން ހިޔާވެހި ޕޯޓަލަށް ލޮގިންވުމުން، އެ ފަރާތްތަކުގެ ފޯމަށް ލިބިފައިވާ ޕޮއިންޓު މިހާރު ބެލޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ލިބިފައިވާ ޕޮއިންޓާ ގުޅިގެން އެއްވެސް ޝަކުވާއެއް ނުވަތަ އިތުރު ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، ޝަކުވާ ހުށަހަޅަންޖެހޭނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ. އެ ޕޯޓަލް ނޫން އެހެން ގޮތަކުން ހުށަހަޅާ ޝަކުވާތަކާއި، ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ފަހުން ހުށަހަޅާ ޝަކުވާތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ވިލުފުށީގައި އިމާރާތްކުރާ މި 100 ހައުސިން ޔުނިޓު ދޫކުރުމާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދަނީ އެ މިނިސްޓްރީން މީގެ ކުރިން ނެރެފައިވާ އިއުލާނު ނަންބަރު 491/491/2026/2 އާ ހަވާލާދީއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ހައުސިން މިނިސްޓްރީގެ ނަންބަރު 4004900 ފޯނަށް ގުޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
ތ. ވިލުފުށި
ތ. ވިލުފުށި
ތ. ވިލުފުށި
ކޮމެންޓް