އޮސްޓްރޭލިއާގެ ރާޅާއެޅުންތެރިއެއްގެ ކައިރީގައި ބޮޑު މިޔަރެއް އުޅެނިކޮށް ފެނިއްޖެއެވެ.
މިޔަރު ފެނިފައި ވަނީ އޮސްޓްރޭލިއާގެ ބެލީނާގެ ރާޅާއެޅުމަށް ހާއްސަ ބީޗެއްގައި ވީޑިއޯ ނެގުމަށް އަރުވާފައި ހުރި ޑްރޯން އޮޕަރޭޓަރަކަށެވެ. ބެއޫ މޮންކްސް ނަމަކަށް ކިޔާ އެމީހާ ގެ ޑްރޯން ވީޑިއޯ އަށް ވަނީ އެހިސާބުގައި ރާޅާ އަޅަން އުޅުނުު މީހެއްގެ ކައިރިން ބޮޑު މިޔަރެއް ދަތުރުކުރަނިކޮށް ފެނިފައެވެ.
މޮންކު ނަގަމުން ދިޔަ ވީޑިއޯއިން ދައްކާފައިވާ ގޮތުން މިޔަރު ވަނީ ރާޅާ އަޅާ މީހާގެ ވަރަށް ކައިރިޔަށް ދަތުރު ކޮށްފައެވެ. އަދި ރާޅާއެޅުންތެރިޔާގެ ސާފުބޯޑާ ވަރަށް ކައިރީގައި 10 ވަރަކަށް ސިކުންތުވަންދެން އުޅުމަށްފަހު ދުރަށް ދާތަން މި ވީޑިއޯއިން ފެނެއެވެ.
އޮސްޓްރޭލިއާގެ ނޫހަކަށް މައުލޫމާތުދެމުން މޮންކު ބުނީ އޭނާ އަށް މިޔަރު ފެނުމާއެކު ޑްރޯންގައި ހުރި ސްޕީކަރަކުން ގޮވައި އެސަރަހައްދުގައި ތިބި އެންމެން ރައްކާތެރިވުމަށް އިރުޝާދު ދިން ކަމަށެވެ. މިޔަރު ހަމަލާ ނުދީ އަނބުރާ ގޮސްފައިވަނީ ޑްރޯންގެ ސަބަބުން ބިރުން ކަމަށް ވެދާނެ ކަމަށް މޮންކު ވަނީ ބުނެފައެވެ.
މިޔަރުގެ ނުރައްކަލުން ސަލާމަތް ވީ އޮސްޓްރޭލިއާގެ މަޝްހޫރު ރާޅާއެޅުންތެރިއެއް ކަމަށްވާ މެޓް ވިލްކިންސަން އެވެ. އޭނާވަނީ ޑްރޯން އުޅޭކަން އޭނާއަށް އެނގުނު ކަމަށް ބުނެފައެވެ. ނަމަވެސް މިޔަރެއް އެހިސާބުގައި އުޅުނު ކަން ނޭނގޭކަމަށް އޭނާ ބުންޏެވެ.
ވިލްކިންސަން ވަނީ އޭނާއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ޑްރޯން އިން ބުނުމުން ވަރަށް ބިރުގަތް ކަމަށް ބުނެފައެވެ. އަދި ފަހުން ވީޑިއޯ ބަލައިލުމުން ފެނުނީ މިޔަރު އޭނާގެ ފަޔަށް ހަމަލާ ދޭން އަންނަނިކޮށް ކަމަށްވެސް ބުނެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ