ލ. ގަމު ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލް މެނޭޖަރު އަލީ ނަޝީދު "ވަން" އަށް ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވެގެން މިއަދު ސާމްޕަލް ނެގި ފަސް މީހުންގެ ތެރެއިން މީހެއް ކަމަށެވެ. އަދި ޕޮޒިޓިވްވި މީހާއަކީ 20 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.
ގަމު ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު އެ އަތޮޅު ކައްދުއަށް ޓްރެއިނިން އަށް ގޮސް ގަމުގައި ކަރަންޓީން ވެގެން ތިބި އެމްއެންޑީއެފްގެ ބެޗެއްގެ 26 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި އެމީހުންގެ ތެރެއިން އިތުރު 24 މީހަކު ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 59 އަށް އަރައިފަ އެވެ.
އެމީހުން ކަރަންޓީނުގައި ތިބީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުންނަ، އެމްއެންޑީއެފްގެ ޓްރެއިނިން އަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު