ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ދޭ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޖަމިއްޔާއިން އާންމުކޮށް ހުޅުވާލައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ގެޒެޓުގައި އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ދޭ ހަތަރު އެވޯޑަކަށް ހުޅުވާލާފައިވާ އިރު، ކޮންމެ މެންބަރު ގައުމަކުންވެސް ކޮންމެ ދާއިރާއަކަށް ހުށަހެޅޭނީ އެއް ނަން ކަމަށެވެ.
އެގޮތުން ޑަބްލިއުއެޗްއޯ އިން މިއަހަރު ބާއްވާ 74 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ދިނުމަށް ނިންމާފައިވާ އެވޯޑުތަކަކީ؛
- ސަސަކަވާ ހެލްތު ޕްރައިޒް
- ސްޓޭޓް އޮފް ކުވައިތު ހެލްތު ޕްރޮމޯޝަން ފައުންޑޭޝަން، "ހިޒް ހައިނެސް ޝައިހް ސަބާހް އަލް-އަހްމަދު އަލް-ޖާބިތް އަލް-ސަބާހް ޕްރައިޒް ފޯ ރިސާޗް އިން ހެލްތު ކެއާ ފޯ ދި އެޑަލްޓްރީ ހެލްތު ޕްރޮމޯޝަން"
- ޑރ. ލީ-ޖޮންގް-ވޫކް މެމޯރިއަލް ޕްރައިޒް ފޯ ޕަބްލިކް ހެލްތު
- ނެލްސަން މަންޑޭލާ އެވޯޑް ފޯ ހެލްތު ޕްރޮމޯޝަން
މި އެވޯޑުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މިމަހުގެ 31ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމަށް ހެލްތު މިނިސްޓްރީން އެދިފައިވެއެވެ. އަދި މި އެޕްލިކޭޝަން ފޯމު https://www.who.int/governance/awards/en/ އިން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހަލްތު ޑިވިޝަންގެ ނަންބަރު 3014473 އަށް ގުޅުމަށް މިނިސްޓްރީން އެދިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު