އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 6.8 މިލިއަނަށް އަރައިފިއެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް އިންޑިއާއިން މަރުވި މީހުންގެ އަދަދުވެސް 105،526 އަށް އަރާފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.
އިންޑިއާގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 78،524 ކޮވިޑް ކޭސް ފެނިފައިވާއިރު އެގައުމުން އެންމެ ހަލުއިމިނެއްގައި ކޮވިޑް ފެތުރެމުން ދަނީ ކަރުނާޓަކާ ގައެވެ. އެސިޓީގައި 24 ގަޑިއިރުތެރޭ 10،947 ކޮވިޑް ކޭސް ރެކޯޑު ކޮށްފައި ވެއެވެ.
އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗް އިން ހާމަކޮށްފައިވާގޮތުން އެގައުމުގައި މިހާތަނަށް 83 މިލިއަނަށްވުރެ ގިނަ ކޮވިޑް ޓެސްޓު ކޮށްފައި ވެއެވެ. އިއްޔެ އެކަނިވެސް އެގައުމުން ލައްކައަކަށްވުރެ ގިނަ ކޮވިޑް ޓެސްޓު ކޮށްފައިވާކަމަށް އައިސީއެމްއާރް އިން ހާމަކޮށްފައި ވެއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް އެންމެ ގިނައިން ޖެހިފައިވާކަމަށް ރެކޯޑުކޮށްފައިވާ އެމެރިކާއިން މިހާތަނަށް 7.58 މިލިއަން ކޭސް ވަނީ ރެކޯޑުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ