ފ. ނިލަންދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ނިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ މުހައްމަދު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެރަށުން ޕޮޒިޓިވްވި މީހާއަކީ މާލެއިން އައިސް ހޯމް ކަރަންޓީނުގައި ހުރި ފިރިހެނެއް ކަމަށެވެ.
އެމީހާ ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށް ފަހު ނެގި ރިލީސް ސާމްޕަލްގެ ނަތީޖާއިންނެވެ. އަދި އެމީހާ ޕޮޒިޓިވްކަން އެނގުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށްވެސް އަލީ މުހައްމަދު ވިދާޅުވިއެވެ.
މީގެ އިތުރުން އަލީ މުހައްމަދު ވިދާޅުވީ އެރަށުން ޕޮޒިޓިވްވި މީހާ އެހެން މީހަކާ ބައްދަލުވެފައި ނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ނިލަންދޫން ޕޮޒިޓިވްވި މީހާގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައެއް ނުވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު