އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށް، އެކުއްޖާއާއެކު ޖިންސީ ގުޅުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި 35 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ސައުތް ސެންޓްރަލް ޕޮލިސް ޑިވިޝަނަށް މިދިޔަ ބުދަ ދުވަހު ހުށަހެޅި އެ މައްސަލައަކީ އެކި ދުވަސްމަތިން އެ ކުއްޖާ ގުރޫމްކޮށް، ޖިންސީ އަމަލު ހިންގުމަށް އެކުއްޖާއަށް ހިތްވަރުދީ، އެކުއްޖާއާއެކު ޖިންސީ ގުޅުން ހިންގަން އުޅުނު ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 35 އަހަރުގެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަ ތަކަކަށްވާތީ، ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރި ނަމަވެސް އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގާނޫނުގައި ބުނާ ގޮތުން ކުޑަ ކުއްޖަކު ގްރޫމް ކުރުމަކީ ޖިންސީ އަމަލެއް އެ ކުއްޖާއާމެދު ހިންގުމަށްޓަކައި އެ ކުއްޖާއަށް ފައިސާ ނުވަތަ އެ ނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމްކޮށް، ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު