ބޭރު ގައުމުތަކުގައި ރާއްޖޭގެ މިލިޓްރީ ބޭހެއް ހަދަން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން، މަސައްކަތްކޮށް އެކަމަށް ވާހަކަ ދެކެވި، ރައީސް ޔާމީން އެކަމަށް އެޑްވާންސްކޮށް ފައިސާ ނަންގަވާފައިވާ ކަމުގެ މައުލޫމާތު އެ ގައުމުތަކުން ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވެއްޖެެވެ.
އިލިޔާސް ލަބީބު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުން ހުށަހެޅި ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑުމެނަށް އެބަހުރި އަޑު އިވިފައި ދުނިޔޭގެ ބައެއް ގައުމުތަކުގައި، ރާއްޖޭގެ މިލިޓްރީ ބޭސްއެއް ހަދަން އޭރުގެ ސަރުކާރުން ޔާމީނު މަސައްކަތްކޮށް ވާހަކަ ދެކެވި އެކަމަށް އެޑްވާންސްކޮށް ފައިސާ ނަގާފައިހުރި ވާހަކަވެސް އަޅުގަނޑުމެންނަށް އެ ގައުމުން މިހާރު އެބަ މައުލޫމާތު ލިބޭ،" އިލިޔާން ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާ ސިފައިން ބައިތިއްބައިގެން ގައުމުގެ މިނިވަންކަން ނަގައިލުމަށް މި ސަރުކާރުން ކަންކަން ކުރަމުން ގެންދާ ކަމަށް އިދިކޮޅު ޕީޕީއެމް ޕިއެންސީ ކޯލީޝަނުގެ މެންބަރުން ދައްކާކަން ފާހަގަ ކުރައްވައި އިލިޔާސް ލަބީބު ވިދާޅުވީ، އެފަދަ ވާހަކަތައް ދެއްލުމަށް އެފަރާތްތައް ލަދުގަންނަން ޖެހޭނެ ކަމަށެވެ.
"އަޅުަގަނޑުމެނަށް މިދިޔަ ސަރުކާރުގައި ފެނިގެންދިޔަ، އަތޮޅު އޮތްގޮތަށް ބައެއް ގައުމުތަކަށް ވިއްކަން ކުރި މަސައްކަތް، ސެޒެއް ހަދައިގެން އެ ސެޒެއްގެ ތެރެއިން އަތޮޅެއް އޮތް ގޮތަށް، ރަށެއް އޮތްގޮތަށް، މުޅި ހިސާބު އޮތްގޮތަށް ވިއްކަން އުޅުނުކަންތައް،" މެންބަރު ވިދާޅުވިއެވެ.
ޗައިނާއާއެކީ ގުޅުން ބަދަހިކޮށްގެން ޗައިނާގެ މިލިޓްރީ ސަބްމެރީން ގެނެސް، ވަކި ސަރަހައްދެއް، އޮބްޒާވް ކުރެވޭނެ މިލިޓްރީ އަންޑާ ވޯޓާ ބޭސްއެއް ހަދަން ކުރީގެ ސަރުކާރުން މަސައްކަތްކުރި ވާހަކަ އަޑުއިވިފައިވާ ކަމަށްވެސް އިލިޔާސް ލަބީބު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް