ކޮވިޑް 19 އިން ރައްކާތެރިވުމަށާއި އެ ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އެކިއެކި ކަންކަމަށް މިދިޔަ ހަފްތާގައި ހަރަދުކުރީ ތިން މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހާ (1 އޮކްޓޯބަރު) ހަމައަށް ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލާއެކު ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން، ސެޕްޓެމްބަރު މަހު 24 އިން އޮކްޓޯބަރު އެކަކަށް ހަރަދުކޮށްފައިވަނީ 3.6 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ހަފްތާއަށްވުރެ 0.3 ޕަސެންޓުގެ އިތުރުވުމެކެވެ.
މިއާއެކު ކޮވިޑުގެ ކަންކަމަށް ކުރި ޖުމްލަ ހަރަދު ވަނީ 1287 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ސެޕްޓެމްބަރު މަހު 24 އިން އޮކްޓޯބަރު އެކަކަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީން ކަމަށެވެ. އެގޮތުން އެ މިނިސްޓްރީން ޖުމްލަ 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެއީ ކޮވިޑް ފެސިލިޓީތަކަށް ކުރަން ޖެހޭ ހަރަދުތަކާއި އެތަންތަނުގެ ކޭޓަރިން އަށް ދިޔަ ހަރަދެވެ. މިއާއެކު ހެލްތު މިނިސްޓްރީން ކުރި ހަރަދު ވަނީ 200 މިލިއަނަށް އަރައިފަ އެވެ.
ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ކުރީ އައިޖީއެމްއެޗުންނެވެ. އެތަނުން މިދިޔަ ހަފްތާގައި އަށް ލައްކަ ރުފިޔާ ހަރަދުކޮށްފައިވާއިރު ޖުމްލަ ހަރަދު ވަނީ 74 މިލިއަން ރުފިޔާއަށް އަރައިފަ އެވެ.
ސެޕްޓެމްބަރު މަހު 24 އިން އޮކްޓޯބަރު އެކަކަށް ކުރި ހަރަދުގެ ތެރެއިން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އެމްއެންޑީއެފުން ހަރަދުކޮށްފައިވަނީ، ކޮންމެ ތަނަކުން ތިން ލައްކަ ރުފިޔާ އެވެ.
އެންސްޕާ އިން ހަތަރު ލައްކަ ރުފިޔާ ހަރަދުކުރި އިރު، ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން ދެ ލައްކަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް