ހުޅުމާލޭގައި 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން އިއްޔެ މައުލޫމާތު ދިން ގޮތުގައި ހުޅުމާލޭގައި 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދެމަފިރިއެއްގެ މައްސަލައެއް އިއްޔެ ހަވީރު ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން، 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރާ ދެމަފިރިންނަކީ ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާއެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޔުނާންގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް މައުލޫމާތު ލިބެއެވެ.
އެ މައްސަލައާ ގުޅިގެން އިއްޔެ ހަވީރު ވަނީ އެ ދެމީހުން ދިރިއުޅޭ ގެ ކައިރީ އާންމުންގެ ބަޔަކު މުޒާހަރާ ކޮށްފައެވެ. އަދި އެމީހުން ވަގުތުން ހައްޔަރު ކުރުމަށް މުޒާހަރާ ކުރި މީހުން ދިޔައީ ގޮވަމުންނެވެ.
އާންމުން މުޒާހަރާ ކުރަމުން ދަނިކޮށް ޔުނާން އާއި ރިހުލާ، ފުލުހުންގެ ކާރަށް އަރުވައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ފުލުހުން އިއްޔެ މައުލޫމާތު ދިން ގޮތުގައި އެ ދެމީހުން ފުލުހުންގެ ވެހިކަލުގައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވަނީ އެ ދެމީހުން އަމިއްލައަށް ރައްކާތެރިކަމަށް އެދުމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް