ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތަމަންނާ ބާޓިއާ ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ތަމަންނާގެ ހަށިގަނޑުން ކޮވިޑުގެ އަލާމާތްތައް ފެންނާން ފެށީ ހައިދަރްއާބާދުގައި ވެބް ސީރީޒްއެއްގެ ޝޫޓިންތައް ކުރިއަށް ގެންދަނިކޮށެވެ. އެގޮތުން ތަމަންނާގެ ގައިން ކޮވިޑަށް 19 ގެ އަލާމާތްތަކެއް ފެނުމާއި ގުޅިގެން އޭނާ ވަނީ ވަގުތުން ހޮސްޕިޓަލް ގެންގޮސް ޓެސްޓް ހަދައިފައެވެ.
ތަމަންނާ ބައްޔަށް ޕޮޒިޓިވްވުމުން އިތުރު ފަރުވާ ދިނުމަށް ހައިދަރްއާބާދުގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައެވެ. އޯގަސްޓް މަހު ތަމަންނާގެ މައިންބަފައިންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާ ދީފައެވެ.
ތަމަންނާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނީ "ބޯލެ ޗޫޑިޔާން" އިންނެވެ. އެ ފިލްމުގައި ތަމަންނާގެ އިތުރުން ލީޑްރޯލުން ނަވާޒުއްދީން ސިއްދީގީ އަދި ކަބީރު ދުހާން ސިންގު ފެނިގެންދާނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް