އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވަނީ އެމަނިކުފާނާއެކު އަނބިކަނބަލުން މެލޭނާ ޓްރަމްޕް ވެސް ކޮވިޑަށް ކުރި ޓެސްޓުން ޕޮޒިޓިވްވެ ކަރަންޓީނު ކުރިކަން ހާމަކުރައްވައިފައެވެ.

ޓްރަމްޕް ވަނީ ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހޯޕް ހިކްސް ކޮވިޑަށް ޕޮޒިޓިވްވުމާއެކު ކަރަންޓީނުވެ ވަޑައިގެން އެމަނިކުފާނާއި އަނބިކަނބަލުންގެ ސާމްޕަލް ނަގައިފައިވާ ކަމަށް ވިދާޅުވެފައެވެ.

ހިކްސް އަކީ ޓްރަމްޕްގެ އެންމެ އަރިސްކޮށް މަސައްކަތް ކުރައްވާ އެއްބޭފުޅާއެވެ. ހިކްސް ވަނީ ދާދިފަހުން ޓްރަމްޕްގެ އަރިހުގައި ގިނަ ދަތުރުތަކެއްވެސް ކުރައްވައިފައެވެ.