ހިތަށް އަނިިޔާވާ ކަންކަމާ ދުރުވާން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށާއި އުފާވެރި ހަޔާތެއް ލިބުން ވަނީ ދުޅަހެޔޮ ހިތަކާއެކު ކަމަށް ވަގުތީގޮތުން ހެލްތު މިނިސްޓްރީގެ ހިންގެވުމާ ހަވާލުވެ ހުންނެވި ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ހިތުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަމަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ.
ހެލްތު މިނިސްޓްރީން އާންމު ކުރި މި ވީޑިއޯ މެސެޖުގައި މިނިސްޓަރު އަސްލަމް ވަނީ މިފަދަ ދުވަހެއްގައި އެންމެންވެސް އަޒުމު ކަނޑައަޅަންވީ ހިތަށް އަނިޔާވާ އެންމެހައި ކަންކަމާ ދުރުހެލިވުމަށް ކަމަށް ވިިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން މުޅި ދުނިޔޭގެ އެންމެންނަށްވެސް ވަނީ ހިތާމަތަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައިވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
އެގޮތުން ކަސްރަތު ކުރުމާއެކު ހަށިގަނޑަށް ފައިދާ ކުރާ ރަނގަޅު ކާނާ ކެއުމާއެކު، ހިތްހަމަޖެހުން ލިބިގަންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންނަށް އުފާވެރިކަމާއި ދުޅަހެޔޮ ސިއްހަތަކަށް އެދޭ ކަމަށް ވެސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ހިތުގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ ވޯލްޑް ހާޓް ފެޑެރޭޝަން (ޑަބްލިއުއެޗްއެފް) އިން 1999 ވަނަ އަހަރުގެ 29 ސެޕްޓެމްބަރުން ފެށިގެންނެވެ. މިއަހަރުގެ ހިތުގެ ދުވަހުގެ ޝިއާރަކީ "ޔޫސް ހާޓް ޓު ބީޓް" އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު