ލަންކާގެ އާ އެއާލައިން ސްޕާކް އެއާގެ ދަތުރުތައް އަންނަ އަހަރު ކުރީކޮޅު ފަށަން ނިންމައިފިއެވެ.
ބައިންލްއަގުވާމީ ދަތުރުތަކަށް ހާއްސަ ކޮށްގެން ފަށާ ސްޕާކް އެއާގެ މައި ހަބަކަށް ވާނީ މައްތަލަ އިންޓަނޭޝަނަލް އެއާޕޯޓުކަމަށް އެކުންފުނިން ހާމަކޮށްފައިވާ މައުލޫމާތުތަކުގައި ވެއެވެ.
ސްޕާކް އެއާ ލިމިޓެޑުން ވަނީ އެކުންފުނީގެ އެއާލައިން ސްޕާކްސް އެއާގެ ދަތުރުތައް ފަށާއިރު އެއާބަސް އޭ330ގެ ދެ ފްލައިޓް ދަތުރު ކުރާނެކަމަށް ބުނެފައެވެ. މީގެއިތުރުން މިހާރުގެ ހާލަތަށް ބަލައި ސްޕާކް އެއާއިން އެންމެ ފުރަތަމަ ފަށަން ނިންމާފައިވަނީ ހަމައެކަނި ކާގޯ ދަތުުރުތައް ކަމަށްވެސް އެކުންފުނިން ބުނެފައި ވެއެވެ.
ސްޕާކް އެއާއިން ވަނީ އެ އެއާލައިންގެ ހަބަކީ ލަންކާގެ މައްތަލަ އެއާޕޯޓް ކަމުގައި ހަމަޖައްސާފައެވެ. އެ ސަރަހައްދުން 2000 މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެކަމަށް ވެސް ވަނީ ބުނެފައެވެ.
ސްޕާކް އެއާއިން ކާގޯ ފްލައިޓުތައް ފަށާއިރު ދުނިޔޭގެ ގިނަ ގައުމުތަކަކަށް ދަތުރުކުރުމަށް ވަނީ ނިންމާފައެވެ. ހާއްސަކޮށް ލަންކާގައި ޓްރާންސިޓްކޮށް ކާގޯ ދަތުރުތައް ގިނަ ގައުމުތަކަކަށް ކުރުމަށް އެއެއާލައިން އިިން ނިންމާފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ