ބޮލީވުޑްގެ މަޝްހޫރު ބަތަލާ މޯނީ ރޯއީ ދިވެެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މޯނީ ރާއްޖެ އައިސްފައިވަނީ މީގެ ދެ ދުވަސް ކުރީންނެވެ. ރާއްޖެ އައިސް އޭނާގެ ޗުއްޓީ ދަތުރުގެ މަންޒަރުތައް މޯނީ އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. މޯނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ ސޮނެވާފުށީގައެވެ. އޭނާ ބުނިގޮތުގައި ރާއްޖެ ވަރަށް ބޮޑަށް ކަމުދެއެވެ. ރާއްޖޭގެ ރީތިކަމަށް ލޯބި ޖެހިފައިވާ ކަމަށްވެސް މޯނީ ބުނެއެވެ.

މޯނީ ރާއްޖެ އައިސްފައި ވަނީ އޭނާގެ އުފަންދުވަސް ފާހަގަ ކުރާން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.

މޯނީގެ އިތުރުން މަޝްހޫރު ބަތަލާ މަންދީރާ ބޭދީ ވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ކުރަމުންނެވެ. މަންދީރާ ރާއްޖެ އައިސްފައިވަނީ މީގެ ތިން ދުވަސްކުރީންނެވެ.

މަންދީރާ ރާއްޖޭ އައިސްފައިވަނީ 15 ގަޑިއިރުގެ ދަތުރަކަށް ފަހުގައެވެ. މަންދިރާވެސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނެވާފުށީގައެވެ. މޯނީ އަކީ އާންމުކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުުރުމަށް އަންނަ ފަންނާނެކެވެ. 

މަންދިރާ އެންމެ ފަހުން ރާއްޖެ އައިސްފައިވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ.

މޯނީ އާއި މަންދިރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އެ ދެތަރީން ވެސް ވަނީ އެ ދެތަރީންގެ ސޯޝިއަލް މީޑިއާ ރާއްޖޭގައި ނަގާފައިވާ ހިތްގައިމު ފޮޓޯ އަދި ވީޑިއޯތަކުން ފުރާލައިފަ އެވެ.