ހުޅުމާލެ ރެޑްވޭވް ކައިރިން ޓްރަކަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލެ ރެޑްވޭވް ކައިރިން ޓްރަކަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 6:00 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓު ހިނގި އިރު، ޓްރަކް ދުއްވަން އިނީ ބަންގުލަދޭޝްގެ ފިރިހެނެއް ކަމަށާއި އަދި ސައިކަލް ދުއްވަން އިނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެ އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާއަށް އެކި ވަރުގެ އަނިޔާ ލިބިފައިވާތީ ފުލުހުންގެ އެހީތެރިކަމާއެކު އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ދެ އުޅަނދު ދުއްވަން އިން ދެ މީހުންގެ އަތުގައި ވެސް އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށާއި އެ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު