ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އަލްއުސްތާޒާ އާއިޝަތު ރިޒުނާ ހަމަޖައްސައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޑީޖޭއޭ) އިން މިއަދު ބުނީ، މ. ބަނަފްސާވިލާ އަލްއުސްތާޒާ އާއިޝަތު ރިޒުނާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ހަމަޖެއްސީ މިއަދު ކަމަށެވެ.
ނަމަވެސް މިކަމާބެހޭ އިތުރު ތަފްސީލެއް އަދި ޑީޖޭއޭއަކުން ނުދެއްވައެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުގެ މަގާމަށް ރިޒުނާ ހަމަޖެއްސުމާއި ހަމަޔަށް އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދެވީ ޑރ. އަބްދުﷲ ނަޒީރު އެވެ.