ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ދެ ޑިރެކްޓާ ޖެނެރަލުން ކުއްލި ގޮތަކަށް ސަސްޕެންޑްކޮށްފިއެވެ.

މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައި ވަނީ، ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަސްޕެންޑް ކޮށްފައި ވަނީ ޒަކަރިއްޔާ ހުސެއިން އަދި އަހުމަދު އަލީއެވެ. ޒަކަރިއްޔާއަކީ އެ އިދާރާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ އިސްވެރިޔާއެވެ.

އަހުމަދު އަލީ އަކީ ޖުޑިޝަލް އެކަޑަމީގެ ޑިރެކްޓާ ޖެނެރަލެވެ. އެ ދެ ބޭފުޅުން ވެސް ސަސްޕެންޑްކޮށްފައި ވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް އަންގާފައިވީ ނަމަވެސް، އެއީ ކޮން މައްސަލައެއް ކަމެއް އެނގޭ ގޮތެއް ނުވިއެވެ.

ޑީޖޭއޭގެ އިސް ދެ ބޭފުޅަކު ސަސްޕެންޑް ކޮށްފައިވާ އިރު، އެ ތަނުގެ އެންމެ އިސްވެރިޔާގެ މަގާމު ކަމަށްވާ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާ އަމުޖަދު މުސްތަފާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.