އިންޑިއާގެ ރޭލުތަކާބެހޭ މިނިސްޓަރު ކޮވިޑް ޖެހިގެން އަވަހާރަވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރޭ ދެވަނަ ގައުމު އިންޑިއާގެ ޖޫނިއާ މިނިސްޓަ ފޯ ރެއިލްވޭސް ސުރޭޝް އަންގަޑީ އަވަހާރަވެފައި ވަނީ ކޮވިޑަށް ޓެސްޓުކޮށް ޕޮޒިޓިވްވުމާއެކު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަަދު 5.7 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާއިރު އެގައުމުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް 86508 ކޮވިޑް ކޭސް ފެނުފައިވާކަމަށް ރެކޯޑު ކޮށްފައި ވެއެވެ.
އިންޑިއާއިން ކޮވިޑް ޖެހިގެން މިހާތަނަށް 91149 މީހުން މަރުވެފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް އެގައުމުން 1085 މީހުން މަރުވެފައި ވެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިންޑިއާއިން 87374 މީހުން ކޮވިޑުން ރަނގަޅުވެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ