ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ސިޓީގެ ޕޮލިސް ސްޓޭޝަނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއް ހުރި ޕެކެޓަކާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އިއްޔެ ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނުގައި އެމީހާ ހައްޔަރު ކުރީ ކުޅުދުއްފުށި ބަނދަރު ސަރަހައްދުން ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު