ބ. ދަރަވަންދޫ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.
ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ މާޖިދު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ އެރަށުގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވީ، ހޯމް ކަަރަންޓީންގެ 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރުމުން ނެގި ރިލީސް ސާމްޕަލްގެ ނަތީޖާއިން ކަމަށްވެސް މާޖިދު ވިދާޅުވިއެވެ.
މީގެ އިތުރުން މާޖިދު ވިދާޅުވީ، އެމީހާ ޕޮޒިޓިވްވި ނަމަވެސް އެމީހާއާ އެއްވެސް މީހަކު ކޮންޓެކްޓްވެފައިވާކަން މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.
ދަރަވަންދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އިއްޔެ ވަނީ ދ. ކުޑަހުވަދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު