ބައިނަލްއަގުވާމީ އިޝާރާތް ބަހުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ހާއްސަ މެސެޖެއް ފޮނުއްވައިފިއެވެ.

އެ މެސެޖުގައި މެޑަމް ފަޒްމާ ވަނީ ބައިނަލްއަގުވާމީ އިޝާރާތް ބަހުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ބޭފުޅުންނަށް އަރިސްކުރައްވައިފައެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން އިޝާރާތް ބަހުން އެކަމަނާ ވަނީ ކުރު ވާހަކައެއް ކިޔައިދެއްވައިފައެވެ.

އިޝާރާތް ބަހުން މެޑަމް ފަޒްނާ ކިޔައިދެއްވާފައިވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ޝާއިއުކޮށްފައިވާ "މީހަކާއި ގަސް" ވާހަކައެވެ.

ދުނިޔޭގެ އިޝާރާތް ބަހުގެ ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މިއީ، ދުނިޔޭގައިވާ އަޑުއިވުމުގެ ހިއްސުން މަހުރޫމުވެފައިވާ މީހުން ވާހަކަދެއްކުމަށް ބޭނުންކުރާ އިޝާރާތް ބަހުރުވަތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޑުއިވުމުން މަހުރޫމުވެފައިވާ 72 މިލިއަން މީހުން އުޅެއެވެ.