ރާއްޖެއަކީ ޕޯލިއޯ އަލުން ފެތުރުމުގެ ފުރުސަތު ކުޑަ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނެފި އެވެ.
ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ޕޯލިއޯ އަދި ތުއްތު ކުދިންނަށް ޖެހޭ ޓެޓަނަސް ނައްތާލެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަނީ ކަނޑައަޅައިފަ އެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް އިއްޔެ ކުރެއްވި ޓުވީޓެއްގައި ހިއްސާކުރައްވާފައިވާ ސައުތު އީސްޓް އޭޝިއާ ރީޖަންގެ ނެޝަނަލް ލެވެލް ރިސްކު އެސެސްމެންޓްގެ ސްލައިޑަކުން ދައްކާ ގޮތުން ރާއްޖެއަކީ ޕޯލިއޯގެ ނުރައްކާ ކުޑަ ގައުމެކެވެ.
އޭގެ އިތުރުން ޕޯލިއޯއާ ގުޅޭ ޕްރޮގްރާމްތައް ހިންގުމުގައި ވެސް ރާއްޖެ ރަނގަޅު ކަމަށް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ބަލީގެ ސަވައިލެންސް ލެވެލްގައި ރާއްޖެ ހިމެނެނީ މީޑިއަމް ގައުމެއްގެ ގޮތުގައެވެ.
ސްލައިޑުން ދައްކާގޮތުން ރާއްޖެއާ އެންމެ ކައިރީ އޮތް އިންޑިއާގައި ޕޯލިއޯގެ ނުރައްކާ އެބަ އޮތެވެ. އެބަލި ކޮންޓްރޯލް ކުރުމުގެ ނުރައްކާ ވެސް އެބަ އޮތްކަން ފާހަގަކޮށްފައިވެ އެވެ.
ޑރ. ފައިސަލް ވިދާޅުވި ގޮތުގައި އެ ސްލައިޑުން އެ ދައްކައިދެނީ ޕޯލިއޯއާ ގުޅުންހުރި މުހިންމު ކެޓަގަރީތަކުން ރާއްޖެއަށް ކުރެވުނު މަސައްކަތްތައް ރަނގަޅު ކަމަށެވެ. އެކަމަށްޓަކައި ސަރުކާރަށާއި ރާއްޖޭގެ ހެލްތު ކެއާ ވޯކަރުންނަށާއި ބެލެނިވެރިންގެ އިތުރުން ކުޑަކުދިންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ. އަދި ޔުނިސެފް މޯލްޑިވްސް އާއި ޑަބްލިޔުއެޗްއޯ މޯލްޑިވްސް އިން ދެމުން އަންނަ އެހީތެރިކަމަށް އެ ދެ ޖަމިއްޔާއަށް ވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން