ސައްބީސް މީހުންނާއެކު ދަތުރުކުރި ލޯންޗެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ 26 މީހުންނާއެކު ދަތުރުކުރި އެމްޓީސީސީގެ "ކަޅިހި" ލޯންޗު، ކ. ކޮށްދިއްޕަރު ކައިރި އޮތް ފަރަކަށް އެރުމާއި ގުޅިގެން ކޯސްޓްގާޑުގެ ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ފަރަށް އެރި ލޯންޗުގައި ތިބި 26 މީހުންގެ ތެރޭގައި ދެ އަންހެނުންވެސް ހިމެނޭ ކަމަށާއި އެކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 6:48 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ލޯންޗުގައި ތިބި މީހުން މިހާރު ތިބީ ކޮށްދިއްޕަރު ކައިރި އޮތް ތުޑިއެއްގައި ކަމަށާއި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު