މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރި، އަވަސް ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ކ. ދިއްފުށި ކަނދުފަތީގެ އިރުން 26 ނޯޓިކަލް މޭލު ބޭރުގައި މަަސްވެރިކަމުގައި އުޅުނު "އަޒުމް" ދޯނީގައި ހުރި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމްވެފައިވާ ކަމަށެވެ.
ސިއްހީ އަވަސް ފަރުވާއަށް އޭނާ މާލެ ގެނައުމަށް އެމްއެންޑީއެފް މާލެ އޭރިއާ ސީޖީ ސްކޮޑްރަން އިން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 4:20 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އިއްޔެވެސް އދ. މަންދޫ ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ކޮންކޯޑް" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި އުމުރުން 65 އަަހަރުގެ ދިވެއްސެއްގެ ލޮލުގައި ބުޅިއެއް އެޅި ޒަހަމްވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު