މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ޅ. ކުރެންދޫގައި ގާއިމުކުރާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ނިންމައި ކޮމިޝަންކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެރަށުގެ ނަރުދަމާ ނިޒާމު ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޑަބްލިޔުއެސްސީ އާއި ފެނަކަ ކޯޕަރޭޝަން އަދި ހައުސިން މިނިސްޓްރީގެ ބޭފުޅުން އެރަށަށް ވަޑައިގެންނެވެ. އެ މަސައްކަތް މިއަދު ނިމޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.
އެމްޑަބްލިޔުއެސްސީއާ 29 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫއުގެ ދަށުން 6,000 މީޓަރުގެ ނަރުދަމާ މައި ނެޓްވޯކް އަކާއި 720 މީޓަރުގެ ޕަންޕިން ލައިން އަކާއި ދެ ޕަންޕިން ސްޓޭޝަންގެ އިތުރުން ސީ އައުޓް ފޯލް އަދި އިދާރީ ބިލްޑިން އެއް ވަނީ ހަދައިފަ އެވެ.
އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން އެރަށުގެ 366 ގެއެއްގައި ޖަންޝަން ބަހައްޓައި އެ ގެތަކަށް ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިފަ އެވެ. އަދި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް ފޯރުކޮށްދީފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު