ވެކްސިން ގަތުމަށް 10 ގައުމަކުން ރަޝިޔާއާއެކު އެއްބަސްވެއްޖެއެވެ.
ރަޝިޔާ އިން އުފައްދާފައިވާ ކޮވިޑް ވެކްސިން "ސްޕުޓްނިކް ވީ" ހޯދުމަށް އެއްބަސްވުމަކަށް އައިސްފައިވަނީ އޭޝިއާގެ އިތުރުން ދެކުނު އެމެރިކާ އަދި މެދުއިރުމަތީގެ ގައުމުތަކުން ކަމަށް ވޯލް ސްޓީޓް ޖާނަލް އިން ބުނެފައިވެއެވެ.
ރަޝިޔާގެ ވެކްސިން ހޯދުމަށް އެއްބަސްވެފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާވެސް ހިމެނެއެވެ. އިންޑިއާގެ ހައިދްރަބާދުގައި ހުންނަ ޑރ. ރެޑީ އިން ވަނީ ރަޝިޔާގެ ވެކްސިން އުފައްދާ ކުންފުންޏާއެކު ވެކްސިންގެ ފަހުގެ މަރުހަލާތަކުގެ ޓެސްޓުތަކުގައި ބައިވެރިވުމުގެ އިތުރުން އިންޑިއާއަށް 100 މިލިއަން ވެކްސިން ޑޯޒް ގަތުމަށް އެއްބަސްވެފައެވެ.
މި ލިސްޓުގައި ދެން ހިމެނެނީ ބްރެޒިލް، ސައުތު އެފްރިކާގެ އިތުރުން މެކްސިކޯ އާއި ސައުދީ އަރަބިއްޔާއެވެ.
ރަޝިޔާ އިން ބުނީ މިހާތަނަށް އެކި ގައުމުތަކުން 1.2 ބިލިއަން ޑޯޒްގެ ވެކްސިން ގަތުމަށް ރިކުއެސްޓު އައިސްފައިވާ ކަމަށެވެ.
ރަޝިޔާގެ އެސްޓްރާޒެނެކާ އިން އުފެއްދި ކޮވިޑް ވެކްސިން ސްޕުޓްނިކް ވީ ވެގެން ގޮސްފައިވަނީ ދުނިޔޭގައި އެންމެ ފުރަތަމަ ފަހަރަށް އާންމުކޮށް ކޮވިޑުގެ ވެކްސިންގެ ގޮތުގައި ބޭނުން ކުރުމަށް ހުއްދަ ލިބުނު ވެކްސިނަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ