ހއ. ހޯރަފުށީ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލާއި ފަޔާ ބިލްޑިންގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
ޖުމްލަ 13.8 މިލިއަން ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެއީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 80 ދުވަސް ތެރޭގައި މަސައްކަތް ނިންމައި ޓްރާންސްޕޯޓު މިނިސްޓްރީއާ ހަވާލުކުރާ ގޮތަށެވެ.
ހޯރަފުށި އެއާޕޯޓްގެ ޕަސެންޖާ ޓާމިނަލާއި ފަޔާ ބިލްޑިންގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަ އިރު އެ އެއާޕޯޓު ހެދުމުގެ މަޝްރޫއު ވެސް ކުރަމުން އަންނަނީ އެ ކުންފުންޏާއެވެ. ޖުމްލަ 842،200 ކިއުބިކް މީޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް އޮންނާނެ އެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ