ށ. މަރޮށި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެކަން ކަށަވަރު ކޮށްދެއްވައި މަރޮށި ކައުންސިލްގެ ރައީސް އަބްދުލްއަޒީޒު މުހައްމަދު ވަހީދު "ވަން" އަށް ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ އެރަށުގެ ހޯމް ކަރަންޓީނުގައި ހުރި ފިރިހެނެއް ކަމަށެވެ. އޭނާއަކީ އެރަށުގެ އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ހއ. އުލިގަމު މީހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަބްދުލްއަޒީޒު ވިދާޅުވީ، އެމީހާ ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނުން ދޫކޮށްލުމަށް ނެގި ރިލީސް ސާމްޕަލްގެ ނަތީޖާ މިއަދު ލިބުމުން ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެއާ ހަމައަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގެ 22 ރަށެއްގައި ކޮވިޑް ޖެހިފައިވާ 48 މީހަކު އެބަ ތިއްބެވެ. އެއީ 34 ދިވެހިންނާއި 14 ބިދޭސީންނެވެ. އަދި އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ދެ ފެސިލިޓީއެއްގައި ހަތަރު މީހަކު އެބަ ތިއްބެވެ.