ލަންކާގެ ކާއްޓާ ބެހޭ ސްޓޭޓް މިނިސްޓަރު ނޫސްވެރިންގެ ބައްދަލުވުމެއް ރުކެއްގައި ބާއްވަވައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ލަންކާގެ ކާއްޓާބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަރުންޑިކާ ފެނާންޑޯ މި ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ ދަންކޮޓުވާގައި ހުރި ރުކެއްގައެވެ. ރުކަށް އަރުއްވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ވަނީ ކާއްޓެއްވެސް އަޅުއްވައިފައެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކާށީގެ ބާވަތްތަކުގެ ޑިމާންޑު ބޮޑުވެ އެގައުމުގެ ކާށީގެ އަގު ބޮޑުވެފައިވާކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ ކާށި އަޅާނަމަ މިހާރު ރުކަކަށް 100 ރުޕީސް ލިބޭނެ ކަމަށެވެ.

https://www.youtube.com/watch?v=18R614tOtQE

ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ ރުކަށް އަރައި ކާށި އެޅުމަށް މުވައްޒަފުން ބޭނުންވާކަމަށާއި ޑިމާންޑް ބޮޑުވެފައިވާ ދުވަސްވަރެއްގައި މިއީ ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.

ލަންކާގެ ވަރަކަޕޯލާގެ މީހަކު އުފައްދާފައިވާ ރުކަށް އަރާ މެޝިނެއް ވެސް ސްޓޭޓް މިނިސްޓަރު ވަނީ ނޫސްވެރިންގެ އެ ބައްދަލުވުމުގައި ދައްކަވައިލައްވައިފައެވެ.