އިންޑިއާ މީހަކު 30 އަހަރުގެ މަސައްކަތުން ތިން ކިލޯ މީޓަރުގެ މަގެއް ކަނޑައި އަވަށަށް ފެން ލިބޭނެގޮތް ހަދައިފިއެވެ.
އިންޑިއާގެ ބިހާރަށް ނިސްބަތްވާ އެމީހާވަނީ ފަރުބަދަމަތީ ސަރަހައްދުގައި ޖަމާވެފައިހުންނަ ވާރޭފެން އޭނާގެ އަވަށަށް ދާނެ ގޮތަށް މަގު ކަނޑައި އަވަށު މީހުންނަށް ފެން ލިބޭނެ ގޮތް ހަދައިފައެވެ.
އެމީހާ ވަނީ އެމަސައްކަތުގައި އެހީ ވުމަށް އަވަށުގެ މީހުންގެ ކިބައިންވެސް އެދިފައެވެ. ނަމަވެސް އެއްވެސް މީހެއްގެ އެހީތަރިކަމެއް ނުލިބުމުން އެކަނި އެމަސައްކަތް ކޮށް ނިންމުމަށް 30 އަހަރު ހޭދަވި ކަމަށް ވަނީ ބުނެފައެވެ.
ބުހިޔާން ނަމަކަށް ކިޔާ މި މީހާގެ ވާހަކަ އިންޑިއާގެ ނޫސްތަކަށް ވަނީ އަރައިފައެވެ. އޭނާ ވަނީ ތާރީހީ ދިގު މިމަސައްކަތުގެ ވާހަކަ މީޑިއާތަކަށް ހިއްސާކޮށްފައެވެ.
ބުހިޔާން ވަނީ އެމަސައްކަތުގައި އޭނާ އެއްވެސް ކަހަލަ މެޝިނަރީއެއް ބޭނުންކޮށްފައި ނުވާކަން ފާހަގަކޮށްފައެވެ. އޭނާ ނިސްބަތް ވާ ފަގީރު އަވަށަށް ފެންލިބޭނެ ގޮތް ހެދުން އެއީ އޭނާ އެންމެ ކުރީއްސުރެވެސް ކުރި އުއްމީދެއް ކަމަށް ބުނެފައި ވެއެވެ.
ބުހިޔާން މި މަސައްކަތް ކޮށްފައި ވަނީ އާދައިގެ އަތު ފުރޮއެއް ފަދަ އެއްޗެއް ބޭނުންކޮށްގެންނެވެ. އެ ގޮތުން އޭނާ ވަނީ ކޮންމެ ދުވަހަކުވެސް ޖަންގަލީން ވަކި ވަރަކަށް ގަސްތައް ކޮށަމުން ގޮސްފަ އެވެ. އެހެން ކަމުން 3 ކިލޯގެ ރާސްތާ ސާފުކޮށް ފަރުބަދަމަތީން އޮހޭ ފެން އޭނާގެ އަވަށާ ހަމަޔަށް ގެންނާން30 އަހަރު ނެގީ އެވެ.
ބުހިޔާންގެ މަސައްކަތުގެ ވާހަކަ އިވި ގިނަބަޔަކު އަންނަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ