ވިޔަފާރި

އޮގަސްޓް މަހު އާމްދަނީގެ ގޮތުގައި 1.71 ބިލިއަން ރުފިޔާ

މިދިޔަ އަހަރުގެ ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ މިއަހަރުގެ ޖުލައިމަހު ދައުލަތަށް ލިބުނު އާމްދަނީ 97.6 ޕަސެންޓް އިތުރުވެފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ހިސާބުތަކުން ދައްކައިފިއެވެ.

މީރާ އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު މީރާ މެދުވެރިކޮށް ލިބުނު 1.71 ބިލިއަން ރުފިޔާގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބުނީ 1.5 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބުނު 142 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ މަހު ޑޮލަރުން 21.67 މިލިއަން ލިބުނެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ބުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 97.6 ޕަސެންޓްގެ އިތުރުވުމެއް އައީ ކޮވިޑް 19 އާ ގުޅިގެން ފަސްކުރި ޓެކްސްގެ ސުންގަޑިތައް އޮގަސްޓު މަހަށް ހަމަވުމުންނާއި ފަސްކޮށްދިން ކުލިތައް ވެސް މިދިޔަ މަހު ލިބުމުން ކަމަށެވެ.

އޮގަސްޓް މަހު ލިބުނު އާމްދަނީ އިތުރުވި ނަމަވެސް، މިއަހަރުގެ ޖުލައި މަހާއި މެއި މަހު ވެސް ދައުލަތުގެ އާމްދަނީ ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. އެގޮތުން ޖޫން މަހު ލިބުނީ 656 މިލިއަން ރުފިޔާއެވެ. އަދި ޖޫން މަހު ލިބުނީ 276 މިލިއަން ރުފިޔާއެވެ.