މުޅި ދުނިޔެ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް 35 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯއިން ބުނީ 35 ބިލިއަން ޑޮލަރު ބޭނުންވަނީ ކޮވިޑާ ދެކޮޅަށް ބޭނުން ކުރާނެ ވެކްސިނެއް އުފެއްދުމުގެ އިތުރުން ވެކްސިން ފޯރުކޮށްދިނުމަށް ކަމަށެވެ.
ޑަބްލިއުއެޗްއޯއިން އެކްސެސް ޓު ކޮވިޑް19 ޓޫލްސް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި 15 ބިލިއަން ޑޮލަރު ނުހޯދިއްޖެނަމަ މިމަސައްކަތަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށް ފާހަގަކޮށްފައެވެ.
ޑަބްލިޔުއެޗްއޯއިން ވަނީ ދުނިޔޭގެ 170 އަށްވުރެ ގިނަ ގައުމުގައި ވެކްސިން ދިނުމަށް ފެސިލިޓީ ގާއިމްކުރުމަށް ބަޖެޓު ދީފައެވެ.
ޑަބްލިއުއެޗްއޯއިން ތައާރަފު ކުރި ޕްރޮގްރާމްގެ ސަބަބުން ވެކްސިނެއް އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތަށް އަވަސްކަމެއް އަންނާނެކަމަށް ބެލެވޭކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން