ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ބޭހުގެ ސައްހަ ނޫން އިންޖެކްޝަންތަކެއް ރާއްޖޭގައި ދައުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިއުއެޗުއޯ) އިން ބައިނަލްއަގުވާމީ ފެންވަރުގައި އިންޒާރު ނެރެފިއެވެ.
ޑާޒަލެކްސް އަކީ މަލްޓިޕްލް މައިލޯމާ ފަދަ ބޯންމެރޯއަށް އަސަރުކުރާ ކެންސަރުގެ ބާވަތްތަކާއި ލޭގެ ބަލިތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ ބޭހެކެވެ.
ޑަބްލިއުއެޗުއޯއިން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއާއި މެކްސިކޯއިން މި ބޭހުގެ ފޭކް އިންޖެކްޝަންތަކެއް ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިގޮތުން ބެޗް ނަންބަރު MYS7381 އަދި STV1K01 އަކީ ސައްހަ ނޫން ބެޗުތަކެއް ކަމަށް ބޭސް އުފައްދާ ޖޭންސެން ކުންފުނިން ވަނީ ކަށަވަރުކޮށްދީފައިވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައިވެއެވެ.
އޭގެ ތެރެއިން STV1K01 ބެޗުގެ އިންޖެކްޝަންތައް ރާއްޖޭގައި ހުރިކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ކަށަވަރުކޮށްފައެވެ.
މި ތަކެއްޗަކީ ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކަކުން، އުފެއްދި ތަނާއި ލޭބަލްތައް އޮޅުވާލައިގެން ބާޒާރަށް ނެރެފައިވާ ތަކެތި ކަމަށް ޑަބްލިއުއެޗުއޯއިން ބުނެފައިވެއެވެ. މި ފޭކް ބޭސްތަކުގެ ލެބް ޓެސްޓްތައް ހަދާފައި ނުވާތީ، އޭގައި ހިމެނޭ މާއްދާތަކުން ހަށިގަނޑަށް ކުރާނެ ނޭދެވޭ އަސަރުތައް އަދި ދެނެގަނެވިފައެއް ނުވެއެވެ.
ނަމަވެސް، މި ފޭކް އިންޖެކްޝަންތައް ބޭނުންކުރުމުގެ ސަބަބުން ބައެއް މީހުންނަށް އިންފެކްޝަންތައް ޖެހި، ހާލަތު އިތުރަށް ގޯސްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައިވެެއެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ވޯލްޑް ހެލްތް އޯގަނައިޒޭޝަން
ކޮމެންޓް