ކޮވިޑާ ގުޅިގެން މިއަހަރުގެ އޭއެފްސީ ކަޕް ކުރިއަށްގެންދެވޭނެ ގޮތެއް ނެތުމުން އެ މުބާރާތް ކެންސަލްކުރަން ނިންމައިފިއެވެ.
އޭއެފްސީން އެ މުބާރާތް ކެންސަލްކުރަން ނިންމާފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެ ބޭއްވި އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއްގައެވެ.
އޭއެފްސީ ކަޕް ކެންސަލްކުރަން ނިންމި ނިންމުމަކީ އެ މުބާރާތުގައި ރާއްޖެއިން ވާދަކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސްއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. މެދުކެނޑުމަކަށްފަހު މިމަހު އަލުން މުބާރާތް ކުރިއަށްގެންދަން ކުރިން ނިންމި ނިންމުމާ ގުޅިގެން އެ ދެ ކްލަބުން ވަނީ ފަރިތަކުރުންތައް ވެސް ފަށައިފައެވެ.
ކޮވިޑާ ގުޅިގެން މުބާރާތް މެދުކަނޑާލުމަށްފަހު އަލުން އެ މުބާރާތް މިމަހުގެ ތެރޭގައި ފެށުމަށް ކުރިން ނިންމާފައިވަނީ ވަކިވަކި ގްރޫޕުތަކުގެ މެޗުތައް އެއް ގައުމެއްގައި ކުޅޭ ގޮތަށެވެ. އެގޮތުން ރާއްޖޭގެ ކްލަބުތައް ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅުމަށް ނިންމާފައިވަނީ ރާއްޖޭގައެވެ.
އޭއެފްސީ ކަޕް ކެންސަލްކުރަން ނިންމުމާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބިގެންދާނީ ޓީސީއަށެވެ. އެ ކްލަބަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޖާގައެއް ލިބިފައެއް ނުވެއެވެ. އަންނަ އަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ މާޒިޔާގެ އިތުރުން ކްލަބު އީގަލްސްއެވެ.
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް