ދުނިޔެ

މެއްސެއް މަރަން އުޅުމުގެ ތެރޭގައި ގޭގެ ބޮޑު ބައެއްގައި އަލިފާން ރޯވެ ގޮވައިފި

މުހައްމަދު އައުޒަމް

މެއްސެއް މަރަން އުޅުމުގެ ތެރޭގައި ގޭގެ ބޮޑު ބައެއްގައި އަލިފާން ރޯވެ ގޮވައިފިއެވެ.

ފްރާންސްގެ އަވަށެއްގައި ހިނގި މިހާދިސާގައި އުމުރުން 80 އަހަރުގެ މީހަކަށް ވަނީ އަލިފާނުގެ އަސަރުކޮށް އަނިޔާވެސް ވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިހާދިސާ ހިނގާފައިވަނީ އެމީހާ ރޭގަނޑު ކެއުމަށް އިންސާފު ކުރަމުންދިޔަ ވަގުތު ކާ އެއްޗެހީގައި ޖެއްސި މެއްސެއް މަރަން އުޅުމުގެ ތެރޭގަ އެވެ. ހާދިސާ ހިނގަން މެދުވެރިވީ މެހި މަރަން ބޭނުންކުރި ސޫފި މަރާ ކަރަންޓު ރެކެޓުގެ ސަބަބުންނެވެ.

އޭނާ ރެކެޓު ބޭނުންކޮށްގެން މެހި މަރަން އުޅުނު ވަގުތަކީ ބަދިގޭގައި ގޭސް ލީކުވެފައި ހުރި ވަގުތެއްކަމުން ކުއްލިއަކަށް މުޅި އެ ސަރަހައްދުގައި ހުޅު ހިފައި ގޮވީ އެވެ. މިހާދިސާގައި މުޅި ބަދިގޭގެ އިތުރުން ފުރާޅުގެ ބޮޑު ބައެއް ވަނީ އަނދާފައެވެ.

މި ހާދިސާގައި އެމީހާ ސަލާމަތްވެފައި ވީ ނަމަވެސް، ކުދިކުދި އަނިޔާތައް ވަނީ ލިބިފަ އެވެ. އަދި ބަދިގެއާއި ކާގެ ހިމެނޭ ސަރަހައްދު ވަނީ އެއްކޮށް ހަލާކުވެފަ އެވެ.