އެއްދުވަސްތެރޭ އެންމެ ގިނަ ކޮވިޑް ކޭސް ފެނުނު ގައުމަކަށް އިންޑިއާ ވެއްޖެ އެވެ. އެ ގައުމުން މިދިޔަ 24 ގަޑިއިރު ތެރޭ 95735 ޕޮޒިޓިވް ކޭސް ވަނީ ފެނިފަ އެވެ.
އިންޑިއާއިން ވޭތުވެދިޔަ 2 ގަޑިއިރުތެރޭ މިބަލީގައި 1172 މީހުން މަރުވެފައިވާއިރު އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 75062 އަށް އަރައިފައެވެ.
ކުރީން ދެވަނައިގައި ބްރެޒިލް އޮތް ނަމަވެސް، ކޮވިޑުގެ އެންމެ ގިނަ ދެވަނަ ގައުމަކަށް މިހާރު ވެފައި ވަނީ އިންޑިއާ އެވެ. ހާލަތު ކޮންޓްރޯލު ނުވެ އަދިވެސް ދަނީ އިތުރަށް ގޯސްވަމުންނެވެ.
ދިރާސާ ކުރާ ފަރާތްތަކުން ވަނީ އިންޑިއާގައި ކޮވިޑް ފެތުރެމުން ދާ ބާރުމިނަށް ބަލާއިރު އެއްވަަނައިގައި އޮތް އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު އެންމެ ބާރުމިނެއްގައި ކޮވިޑް ފެތުރެމުން އަންނަ ގައުމަކަށް އިންޑިއާ ވާނެކަމަށް ލަފާކޮށްފައެވެ.
އިންޑިއާއިން ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 4.4 މިލިއަނަށް އަރައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ