އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން

އެސްޑީއެފްސީން ނެގި ލޯނުތައް ފަސްކޮށްދޭން ހުށަހަޅަން ހުޅުވާލައިފި

އެސްއެމްއީ ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް (އެސްޑީއެފްސީ) އިން ނަގާފައިވާ ލޯނުތައް ފަސްކޮށްދޭން އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެސްޑީއެފްސީގެ ލޯނުތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައި މިދިޔަ މަހުގެ ފަހުކޮޅު ވަނީ އެކަން އިއުލާން ކޮށްފަ އެވެ.

އެސްޑީއެފްސީން ބުނީ، މިއަދުން ފެށިގެން އެ ހިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. މޮރެޓޯރިއަމް އަށް އެދުމަށް ހަމަޖެހިފައިވަނީ ކޯޕަރޭޝަންގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިން ޕޯޓަލުންނެވެ.

މޮރެޓޯރިއަމަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އެ ތާރީހާ ހަމައަށް މޮރެޓޯރިއަމަށް އެދި ހުށަހަޅާފައި ނުވާނަމަ ބެލެވޭނީ އެފަރާތްތަކުން މޮރެޓޯރިއަމްގެ ހިދުމަތް ބޭނުން ނުވާ ކަމުގައި ކަމަށް އެސްޑީއެފްސީން ބުނެ އެވެ.

ލޯނު ފަސްކޮށްދޭ މުއްދަތުގައި އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ހަތަރު ޕަސެންޓަށް ކުޑަވާނެ ކަމަށް އެ ކޯޕަރޭޝަނުން ކުރިން ވަނީ ބުނެފަ އެވެ.