ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެޓާޖޭ އޮޕަރޭޝަނެއް ގދ. ތިނަދޫގައި ހުންނަ ޑރ. އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކޮއްފިއެވެ.
އެ ހޮސްޕިޓަލުން ބުނީ ލެޓާޖޭ އޮޕަރޭޝަން ކޮށްފައިވަނީ ކަށީގެ ބަލިތަކަށް ހާއްސަ ޑރ އާޒިމް އަހުމަދު ކަމަށާއި އޮޕަރޭޝަން ކާމިޔާބުވެފައިވާ ކަމަށެވެ.
ލެޓާޖެޓް އޮޕަރޭޝަނަކީ ތަކުރާރުކޮށް ކޮނޑު ހުޅުން ނެއްޓުމުގެ ސަބަބުން ހުޅަށް ލިބިފައިވާ ގެއްލުން ރަނގަޅު ކުރުމަށް ކުރާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރަނީ ކޮނޑުހުޅު ކައިރިގައި ހުންނަ ކަށިކޮޅެއް ހުޅު އެތެރޭގެ ހަލާކުވެފައި ހުންނަ ބަޔަށް ލައްވައިގެނެވެ.
މި އޮޕަރޭޝަން ކޮށްފައިވަނީ 30 ފަހަރަށް ވުރެ ގިނަ ފަހަރު ކޮނޑު ހުޅު ނެއްޓިފައިވާ އުމުރުން 70 އަހަރުގެ މީހަކަށެވެ.
"މިއީ ރާއްްޖޭގައި ލެޓާޖޭ އޮޕަރޭޝަނެއް ކުރެވުނު ފުރަތަމަ ފަހަރު." ޑރ. އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނީ މި އޮޕަރޭޝަނަކީ ކަށީގެ އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ އުނދަގޫ އެއް އޮޕަރޭޝަން ކަމަށާއި މި އޮޕަރޭޝަން ކުރެވުމަކީ އެ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.